
-
މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.

މިފްކޯއިން ބުނެފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް، ޙައްލުކުރުމަށް ރައިސުލް ޖުމުހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުފުޅާއެއްގޮތަށް މްސްވެރިންނަށް، ދޫކުރާ ތެޔޮ. އަގުހެޔޮ ކުރުމުގެ ގޮތުން މިފްކޯއާއި، ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް) އާއި އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން މިފްކޯއަށް ދޫކުރާ ތެޔޮ އަގުހެޔޮ ކޮށްފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
10 ޑިސެމްބަރުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން މިފްކޯއިން ތެލުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދާނީ 13.90 ރުފިޔާ އަށެވެ. އަދި "މިފްކޯއަށް 3 ޓަނަށްވުރެ އިތުރަށް މަސްކިޔ ފަރާތްތަކަށް ތެޔޮ ވިއްކަމުންދާނީ 13.72 ރުފިޔާއަށެވެ.
މީގެ އިތުރުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގުވެސް ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން އާންމު ފަރާތްތަކަށ1ް މިފްކޯއިން ތެޔޮ ވިއްކަމުން ދާނީ 14.43 ރުފިޔާއަށެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާޢްމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫ ސަރުކާރުން ވަނީ ފަށާފައެވެ.
މަސްވެރިކަމުގެ ސިނާއަތަކީ އަދުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ސިނާއަތެކެވެ.
ގުޅުންހުރި

10 ޑިސެމްބަރުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮކުރަނީ

ހަލާލް އެކްސްޕޯ އަދި ޔޫރޭޝިއާ ޓޫރިޒަމް އެންޑް ހެލްތު އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

މަސްވެރިން ތަމްސީލުކުރުމަށް މިފްކޯގެ ބޯޑަށް ތިނަދޫގެ ރީޝަމް މުޙައްމަދު!





