
މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފި
# ފަތުރުވެރިކަމާ ބެހޭ ވުޒާރާ-
ޓޫރިޒަމް އަދި އެންވަޔަރަންމަންޓް މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ދަށުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރަސްމީކޮށް ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
މޯލްޑިވްސް ވިޒިޓަރ ސަރވޭއަކީ ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ "އެގްޒިޓް ސަރވޭ" އެކެވެ. މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި އުމުރު ފަދަ މައުލޫމާތު)، ރާއްޖޭގައި ކުރެވުނު ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާ ބެހޭ ގޮތުން ފަތުރުވެރިން ދެކޭ ގޮތްފަދަ މުހިންމު މައުލޫމާތުތައް އެއްކުރެއެވެ.
މިފަދަ މައުލޫމާތުތަކަކީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށްޓަކައި، ދެނެގަތުންތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެކެވެ.
މީގެ އިތުރުން، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަކުރުމުގައި ވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
ގުޅުންހުރި

އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މޯލްޑިވްސް ވިޒިޓަރ ސަރވޭ 2025 ގެ ހޯދުންތަކާ ގުޅޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކޮށްފި

ދުނިޔޭގެ އެންމެ ރީތި މަންޒިލުގެ މަގާމު ޖެހިޖެހިގެން 6 ވަނަ ފަހަރަށް ރާއްޖެއަށް!





