logoEN
Sto top
ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް އެޗްޑީސީން ވަޒީފާދީފި

ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް އެޗްޑީސީން ވަޒީފާދީފި

އަހުމަދު ޝުރާއު

logo

12/2/2025, 2:33:12 PM

# އެޗްޑީސީ

-

އެޗްޑީސީން ޚާއްސަ އެހީއަށް ބޭނުންވާ 30 ފަރާތަކަށް ވަޒީފާ ދީފިއެވެ.

Wamco

އެޗްޑީސީން ބުނީ މިއީ އެޗްޑީސީން އިޖުތިމާޢީ ޒިންމާ އަދާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެއް ކަމަށެވެ.

2 ޑިސެންބަރު 2025 ވަނަ ދުވަހުގައި ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ މުހިންމުކަމަކީ، އެފަރާތްތަކުގެ ޤާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއި، އިޤްތިސާދީ ގޮތުން އެހީތެރިވެދިނުމެވެ. މިވަގުތުވެސް އެޗްޑީސީގެ އެކިއެކި ޑިޕާރޓުމަންޓުތަކުގައި ނުކުޅެދޭ ފަރާތްތަށް މަސައްކަތްކުރަމުންދެއެވެ.

މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ޚިދުމަތް ދިނުމަށް ތައާރަފުކުރެވުނު އޭއައި ބޮޓް "މިތުރު" ވެސް ވަނީ ތައާރަފުކޮށްފައިއެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ. މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދާނެއެވެ. މީގެ އިތުރުން، މިފަދަ އިޖުތިމާޢީ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަކީ އެޗްޑީސީގެ މައިގަނޑު އެއް އަމާޒެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC