logoEN
Sto top
ޤައުމަށް ގެނެވޭ އިސްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިން: މެޑަމް ސާޖިދާ

ޤައުމަށް ގެނެވޭ އިސްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިން: މެޑަމް ސާޖިދާ

ހުސައިން އަހްމަދު

logo

12/2/2025, 11:59:41 AM

# މެޑަމް ސާޖިދާ މުޙައްމަދު# ޑރ، އައިޝަތު ޝިހާމް# އެޗްޑީސީ# ނުކުޅެދުންތެރިކަން ހުންނަ މީހުން

ފޮޓޯ: ރައީސް އޮފީސް

ޤައުމަށް ގެނެވޭ އިސްލާޙީ ފިޔަވަޅުތަކުގެ މަތީގައި ކުރިއަށްދިއުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Wamco

އެކަމަނާ މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ޝާމިލު މުޖުތަމަޢެއް ބިނާކުރުން ފަދަ ކަންކަމުގައި ޤައުމަށް ގެނެވޭ އިޞްލާޙީ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި ދިވެހީންގެ ކިބައިގައި ވާ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކަމުގެ ސިފަތަކާއި ޝުޢޫރުތައް ހިތްމައްޗަށް ގެނެސް، އެ ގޮތުގައި ޤައުމާއިގެން ކުރިއަށްދިއުމަކީ، މުސްތަޤުބަލަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

undefined

އަމިއްލަ މަސައްކަތުން އަމިއްލަ އަސާސީ ކަންކަން ފުއްދުމުގެ ޝަރަފުވެރި ފުރުޞަތަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މުޅި ދިރިއުޅުމަށް ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން އެފަދަ ފަރާތްތަކަށް ބައްލަވާ އިޙުސާންތެރި ނަޒަރާއި، އެ ފަރާތްތަކަށް ދެއްވާ ޚާއްޞަ އިސްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިއަދު ރާއްޖެ މިސްރާބުވެފައިވަނީ، އެންމެން ބައިވެރިވާ، އެކަކުވެސް ބާކީ ނުވާ މުޖުތަމަޢެއް ބިނާކޮށް، ހުރިހާ މާނައެއްގައި ދިވެހީންގެ ޤައުމެއް ބިނާކުރުމާ ދިމާއަށްކަމަށް އެކަމަނާ ވިދާޅުވިއެވެ.

undefinedމިއަދުގެ ރަސްމިއްޔާތުގައި އެކަމަނާ ވަނީ، އެޗް.ޑީ.ސީގެ ވަޒީފާއާ ގުޅިވަޑައިގެންނެވި، ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވަނީ، އެޗް.ޑީ.ސީގެ ވެބްސައިޓްގެ އެކްސެސިބިލިޓީ ފީޗަރއެއް ކަމަށްވާ، އޭ.އައި ބޮޓް "މިތުރު" ތަޢާރަފުކުރައްވާފައެވެ. އެ ބޮޓް މެދުވެރިކޮށް، ވެބްސައިޓްގެ ތަޖުރިބާ މުއްސަނދިވެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މައުލޫމާތު ހޯދުމަށް އިތުރަށް ފަސޭހަވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC