
72 ބިޔަރު ދަޅާއެކު ބިދޭސީއެއް ހައްޔަރުކޮށްފި
# ބިޔަރު# ބިދޭސީން# މަސްތުވާތަކެތި މައްސަލަ# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) އެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދަޅުތަކެއް ފެނުމާ ގުޅިގެންނެވެ.
އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން 72 ބިޔަރު ދަޅު ފެނިފަވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



.png&w=3840&q=75)



