logoEN
Sto top
ނިމުނު ނޮވެމްބަރު މަހަށް ފުވައްމުލައް ސިޓީގެ ފެނަށް ބިލްނުކުރަން ފެނަކައިން ނިންމައިފި

ނިމުނު ނޮވެމްބަރު މަހަށް ފުވައްމުލައް ސިޓީގެ ފެނަށް ބިލްނުކުރަން ފެނަކައިން ނިންމައިފި

އަހުމަދު ޝުރާއު

logo

12/2/2025, 8:33:59 AM

# ފެނަކަ ކޯޕަރޭޝަން

-

ފެނުގެ ނެޓްވޯކަށް ބޮޑެތި މައްސަލަތަކެއް ދިމާވި ފުވައްމުލައް ސިޓީގައި މިދިޔަ ނޮވެމްބަރު މަހުގެ ފެނަށް ބިލް ނުކުރަން ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.

Wamco

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުވައްމުަލަށް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް ރަނގަޅު ފެންވަރެއްގައި ފެނުގެ ހިދުމަތް އަލުން ދިނުމަށްޓަކައި ކުރަންހެގޭ އެންމެހައި ކަންކަން ހުއްޓުމެއްނެތި ކުރަމުންދާކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރަމުންދިޔައިރު އެކި ވަގުތު ތަކުގައި ފެން ކެނޑުމާއި ފެނުގެ ޕްރެޝަރ ދަށްވުންފަދަ ކަންކަން މެދުވެރިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަން ފެނަކައިން ވަނީ ފާހަގަކޮށްފައި އެވެ.

މިކަންކަމަށް ރިޔާއަތްކޮށް ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި މިދިޔަ ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލް ނުކުރާގޮތަށް ނިންމާފައިވާކަން ފެނަކައިން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައި އެވެ.

އަދި އެކުންފުނީން ވަނީ ފެނުގެ ހިދުމަތް ކެނޑި ދިމާވި ދަތި ވަގުތުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC