logoEN
Sto top
ސަނީ އުމަރު ރާއްޖެ އައުމާއިއެކު ބަޔާން ނެގުމަށް އެއާޕޯޓުން ސީދާ ފުލުހަށް: ހައްޔަރެއް ނުކުރޭ!

ސަނީ އުމަރު ރާއްޖެ އައުމާއިއެކު ބަޔާން ނެގުމަށް އެއާޕޯޓުން ސީދާ ފުލުހަށް: ހައްޔަރެއް ނުކުރޭ!

އަހުމަދު ޝުރާއު

logo

12/1/2025, 11:18:36 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރުމުގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރުމާއި އެކު އޭނާ އެނބުރި ރާއްޖެ އައުމުން ބަޔާން ނެގުމަށް ފުލުހަށް ހާޒިރުކޮށްފި އެވެ.

Wamco

ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ އިއްޔެ އެވެ. އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.

އެނގިފައިވާ ގޮތުގައި، އެ މައްސަލަ ހުށަހެޅީ ކުއްޖާގެ އާއިލާގެ ފަރާތުންނެވެ. އަދި މައްސަލަ ފުލުހަށް ހުށަހަޅަން އުޅޭކަމުގެ އިޝާރާތެއް ލިބުމާއިއެކު ސަނީ އުމަރު ރާއްޖެ ދޫކޮށް އަވަށްޓެރި އިންޑިއާއަށް "ފިލަން" ދިޔަ ކަމުގެ އަޑުތައް ފާއިތުވެދިޔަ ދެ ދުވަހު ވަނީ ގަދަވެފައި އެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ސުވާލުކުރުމައްޓަކައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް އޭނާ ހާޒިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރުކުރި ކަން ހާމައެއް ނުކުރެއެވެ.

ސަނީ އުމަރުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވަނިކޮށް އޭނާ ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައީ މިއަދު މެންދުރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަނީ އުމަރު ރާއްޖެ އައުމާއިއެކު ފުލުހުންގެ ހިމާޔަތުގައި އޭނާ ގެންދިޔައީ އެފްސީޕީ އަށެވެ. އެވަގުތު ސަނީ އާއި ދެކޮޅަށް އަޑުއުފުލުމަށް އެއާޕޯޓުގައި ބަޔަކު ތިއްބެވެ.

ސަނީ އުމަރުއަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC