
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތިފޮޓޯ: ޕޮލިސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މަގޫދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެއިން ނ. އަތޮޅަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ހ. ދިޔަދޫ / މާލެ، މުޙައްމަދު ނަޞޫޙް ނާޡިމް (21އ) ގ. ސީވޭވް / މާލެ، މުޙައްމަދު ތިބްޔާން ޝަހީން (25އ) އެވެ.
މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، އެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ މަގޫދޫ ގެސްޓުހައުސް އެއްގައި ހުއްޓައެވެ. އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މަގޫދޫ މަގުމަތިންނެވެ.
އެ ދެމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ހަތަރު ރަބަރު ޕެކެޓާއި 553 ކުޑަ ރަބަރު ޕެެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 48 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިުރުކުރުމުން މުޙައްމަދު ނަޞޫޙް ނާޡިމް (21އ) ފަސްދުވަހަށް އަދި މުޙައްމަދު ތިބްޔާން ޝަހީން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މަނަދޫ ޕޮލިސް ސްޓޭޝަނާއި މަގުދޫ ޕޮލިސް ޕޯސްޓާއި މިލަދޫ ޕޮލިސް ޕޯސްޓު ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ގުޅުންހުރި
%20(1).webp&w=3840&q=75)
އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުސް އޮފިސަރު ހައްޔަރުކޮށް، މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފި

ވައިގެ މަގުން އެތެރެކުރަން އުޅުނު 8.49 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
%20(1).webp&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ނެގުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދު ގެޒެޓްކޮށްފި




