
ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް!
# ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ-
ދިވެހިންނަކީ އަވަށްޓެރި ޤައުމުތަކަށް އެހީ ބޭނުންވާ ވަގުތުތަކުގައި ނަމޫނާ ދައްކާ ބައެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

”ސިލޯނާއެކު ދިވެހިން“ ޓެލެތޯނަށް މިނިސްޓްރީގެ ފަރާތުން ފައިސާ ހަދިޔާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ދިވެހިންގެ ކިބައިގައި ހުރި އެހީވުމުގެ ރީތި ސިފަ މިއަދުވެސް ފެންނަމުންދާ ކަމަށެވެ.
"އަވަށްޓެރި ޤައުމަކަށް ކަމެއް ކުރިމަތިވާއިރު، ދިވެހިންގެ ފަރާތުން އަބަދުވެސް ފެންނަމުން މިދާ އުޚުއްވަތްތެރިކަމާއި އަޅާލުމުގެ ރީތި ސިފަ، އެ ރިވެތި ސިފަ މިހާރުވެސް ދިވެހިންގެ ކިބައިން ފެންނަމުންދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.
ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން އިސްނަގައިގެން ޓެލެތޯނެއް ކުރިއަށް ގެންދާތީ، މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ޕީއެސްއެމުން ކުރިއަށްގެންދާ ޓެލެތޯނަށް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން 75،757 ރުފިޔާ ވަނީ ހަދިޔާކުރައްވާފައެވެ.
ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 6.2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައިވެއެވެ.
ގުޅުންހުރި

އަލަށް ގާއިމްކުރާ ޕަބްލިކް ވަރކްސް ޔުނިޓްތަކަށް ވަސީލަތްތައް ހޯދުަމަށް 9 މިލިއަން ޑޮލަރު ހޭދަވާނެ - އާދަމް ޝަރީފް

ޕީއެސްއައިޕީގެ ދަށުން ޢިމާރާތްކުރާ 6 ކައުންސިލެއްގެ މަސައްކަތް ނިމިއްޖެ

14 ރަށެއްގައި ޕާކް ގާއިމުކުރުމަށް ބޭނުންވާ ޕާކު ސެޓްތައް ފޮނުވަން ފަށައިފި




