logoEN
Sto top

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Wamco

ސޯޝަލް މީޑިއާގައި މިނިސްޓަރު ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މާލެ ސަރަޙައްދުގެ އިމާމުންނަށް ކުރިއަށް ގެންދިޔަ ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމް ރޭ ވަނީ ނިންމައި ސެޓްފިކެޓް ދީފައި ކަމަށާއި މި އަހަރު ވަނީ 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައި ކަމަށެވެ.

އަދި އަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިޞްރަށް ފޮނުވޭނެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުޞަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އިމާމުންނަށް އަރަބި ބަސް ކިޔަވައިދޭން އެޤައުމުގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިއުޓެއް ކަމަށް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މި ފުރުޞަތު ފަހިކޮށްދެވޭނީ، ކިޔަވަންދާ ފަރާތްތަކަށް އެމީހުންގެ ތިބުމާ، އަދި ޕޮކެޓް މަނީވެސް ދޭގޮތަށް ކަމަށެވެ.

މިދިޔަ އަހަރުގައި ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާ އިން ޖުމުލަ 100 އަށް ވުރެ ގިނަ ފުރުޞަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވިފަ. މިނިސްޓަރ

އިމާމުންނާ ޚަތީބުން ތަމްރީންކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ. އިމާމުން ތަމްރީންކުރުމުގެ މަސައްކަތުގެދަށުން މިދިޔަ އަހަރު 800 އަށްވުރެ ގިނަ އިމާމުން ތަމްރީންކޮށްފަވެއެވެ.

މިދިޔަ އަހަރު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް، އިމާމުންގެ މަހާސިންތާއެއްވެސް ބާއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC