
މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި
# އިމާމުން ތަމްރީންކުރުން# އިސްލާމިކް މިނިސްޓްރީ# ޒުވާން ޚަތީބުންފޮޓޯ: އިސްލާމިކް މިނިސްޓްރީ
މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މާލެ ސިޓީގެ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މި ވޯކްޝޮޕް މުޅިއަކު މާލެ ސިޓީގެ 73 އިމާމުން ބައިވެރިވަޑައިގެންފައިވެއެވެ.

މިއަހަރު މިހާތަނަށް 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވެއެވެ. މިއަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިޞްރަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުޞަތު ލިބިގެންދާނެއެވެ.
މިދިޔަ އަހަރުގައި ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާ އިން ޖުމްލަ 100 އަށް ވުރެ ގިނަ ފުރުޞަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް!

މިއަހަރުގެ މިހާތަނަށް 738 އިމާމުންނަށް ތަމްރީނުދީފި

މާލެ ސިޓީ އިމާމުންނަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި





