logoEN
Sto top
ޖަޕާނު ސަރުކާރުން 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ހަދިޔާކޮށްފި

ހުސައިން އަހްމަދު

logo

11/30/2025, 7:06:52 AM

# ކަސްޓަމްސް ސާވިސަސް# ދާޚިލީ ވަޒީރު# ޖަޕާން# ރާއްޖެ - ޖަޕާން

ފޮޓޯ: ކަސްޓަމްސް

ސަރވެއިލެންސްގެ މަސައްކަތަށް 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ.

Wamco

ކަސްޓަމްސް އިން ބުނީ ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ކަމަށެވެ.

މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

މި އުޅަނދު ރަސްމީކޮށް ހަވާލުކޮށްދެއްވީ، ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، ވަޒީރު އިޙްސާނެވެ.

މިއީ، ރާއްޖޭގެ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށާއި ސަރވެއިލެންސްގެ މަސައްކަތަށް ޖަޕާން ސަރުކާރުގެ "އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް"ގެ ދަށުން ހަދިޔާ ކުރި އުޅަނދެކެވެ. މި އުޅަނދު އޮޕަރޭޓް ކުރުމަށް ރޭވިފައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑްއާ މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެންނެވެ.

undefined

މި އުޅަނދު އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަމްރީންތައް ޖަޕާނާއި ރާއްޖޭގައި ވަނީ ހިންގާފައެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި ކަސްޓަމްސްގެ 23 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ޙަފްލާގައި ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާ އާއި، ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތަށް ފަހު، މިނިސްޓަރ އިޙްސާނާއި، ޖަޕާނުގެ ސަފީރު މިސް އިޝިޤާމީ ރުމީކޯ އަދި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުން ވަނީ މާލޭ ކޮމާޝަލް ހާބަރަށް ވަޑައިގެން އުޅަނދު ބައްލަވާލައްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC