
އަންނަ ރަމަޟާންމަހުގެ ކުރިން މާލެ ސަރަހައްދުގެ 3 މިސްކިތާއި އެކު ޖުމުލަ 15 ވަރަކަށް މިސްކިތް ހުޅުވޭނެ - ރައީސް
# ރައީސް މުއިއްޒު-
އަންނަ ރަމަޟާންމަހުގެ ކުރިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 15 މިސްކިތެއްގެ މަސައްކަތް ނިމި ހުޅުވިގެންދާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ހއ ދިއްދޫގައި މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ދިއްދޫ އިސްލާމީ މަރުކަޒުގެ މަޝްރޫއު ނިމުން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސް ވިދާޅުވީ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ނިންމައި، މިއަދު ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެން ދިޔަ މި އުފާވެރި މުނާސަބަތުގައި ދިއްދޫގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
އަދި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގިނަ މިސްކިތްތަކެއް ހުޅުވުމަށް ކަމަށާއި މިގޮތުން ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިމި ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި 15 މިސްކިތުގެ މަޝްރޫއުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތެއް ވެސް ހިމެނޭނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެެސް ޑިސެންބަރު މަހު ފެށިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މަޤުޞަދަކީ ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެެއްބައިވަންތަކަން ޤާއިމުކޮށް އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.
ގުޅުންހުރި

ރަމަޟާންމަހުގެ ކުރިން އިތުރު 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރައީސްގެ ބައްދަލުވުންތަކަށް ކުރިީން ސުވާލާއި ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް!

ރައީސުލްޖުމްހުރިއްޔާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި





