
ރައީސްގެ ބައްދަލުވުންތަކަށް ކުރިީން ސުވާލާއި ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް!
# ރައީސް މުއިއްޒު-
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގެ ކުރިީން ސުވާލާއި ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ދައުރުވަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސް ކުރިޔަށް އޮތް ހަފްތާގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ ކުރީން ސުވާލާއި ޖަވާބު ކުރިޔާލައި ހުށަހަޅަން އަންގާފައިވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ނަމަވެސް މިއަދު ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި އެ ބައްދަލުވުމުގެ ކުރިން ސުވާލު ނުވަތަ ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
އެގޮތުން މީގެ ކުރިން ބޭއްވުނު މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅެއްގެ ޚިޔާލާއި ކަންބޮޑުވާކަންކަމާއިބެހޭގޮތުން މިނިވަންކަމާއެކު އެބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައިކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ ކުރިއަށްހުރި ބައްދަލުވުންތަކުގައިވެސް ޢަމަލުކުރައްވާނީ އެއުޞޫލުން ކަމަށެވެ.
"އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ޚިޔާލު އެއްވެސް ފަރާތަކާ ޙިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ." ހީނާ ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވާފައެވެ. އަދި މިހާރު އެމަނިކުފާނު ވަނީ މާލޭގެ އެކި އަވައްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައެވެ.
ގުޅުންހުރި

ރަމަޟާންމަހުގެ ކުރިން އިތުރު 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރައީސްގެ ބައްދަލުވުންތަކަށް ކުރިީން ސުވާލާއި ޚިޔާލު ހުށައަޅަންޖެހޭކަމަށްބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް!

ރައީސުލްޖުމްހުރިއްޔާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވައިފި





