logoEN
Sto top
ސިޔާސީ ހިސާބު ޖެއްސެވުމުގެ ބަދަލުގަ ރައީސް އިސްކުރައްވަނީ ދިވެހިންގެ ހައްގުތައް: އިހްސާން

ސިޔާސީ ހިސާބު ޖެއްސެވުމުގެ ބަދަލުގަ ރައީސް އިސްކުރައްވަނީ ދިވެހިންގެ ހައްގުތައް: އިހްސާން

ހުސައިން އަހްމަދު

logo

11/26/2025, 4:37:20 AM

# ރައީސް މުއިއްޒު# މިނިސްޓަރ އަލީ އިހްސާން# ދާޙިލީ ވަޒީރު

ދާޚިލީ ވަޒީރު އަލީ އިހްސާން

ރައީސް ޑރ. މުޢިއްޒަކީ ދިވެހިންގެ ހައްގުގައި ނަންގަވަން ޖެހިވަޑައިގަންނަވާ ނިންމެވުންތަކުގަ ސިޔާސީ ހިސާބު ޖައްސަވާ ބޭފުޅެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ނިންމަވާ ކޮންމެ ނިންމެވުމަކީ ދިވެހިންގެ ހައްގުގައި ނިންމަވާ ނިންމުންތަކެއް ކަމަށާއި އޭގެ ތެރެއިން ގިނަ ނިންމެވުންތަކަކީ އެއްވެސް ވެރިއަކަށް މިހާތަނަށް ނިންމަވަން ކެރިވަޑައިނުގަތް ނިންމުންތަކެއް ކަމަށެވެ.

މިސާލަކަށް ދަންނަވާނަމަ ވޭޕްގެ ވިޔަފާރިއަކީ ރާއްޖޭގެ ހަމަ ވަރަށް ވަރުގަދަ ވިޔަފާރިވެރިންގެ ތެރެއިން ކުރަމުން އައި ވިޔަފާރިއެއް. ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުން ބޭނުންކުރަމުން އައި އެއްޗެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ ގްރޭޑް 2 ނުވަތަ 3ގެ ދަރިވަރުންނަށް ވޭޕްގެ ޒަރިއްޔާއިން މަސްތުވާތަކެތި ދޭން ފަށައިފިކަން. ހަމައެެހެންމެ މަސްތުވާތަކެތި ވޭޕްގެ ޒަރިއްޔާއިން ބޭނުންކުރުން ރާއްޖޭގައި އާންމު ކަމަކަށްވިކަން ފާހަގަކުރެވުނު. އެހެންވީމަ މިފަދަ ކަންކަމަކީ ވަލިއްޔުލްއަމްރަކަށް ބައްލަވަން ކެތްކުރެވޭނެ ކަންކަމެއް ނޫން. ވަޒީރު

ސިޔާސީ ގޮތުން ކިތަންމެ ގެއްލުންތަކެއް ވީނަމަވެސް އޭރަކު ނިންމަވަން ޖެހިވަޑައިގަންނަވާ ކޮންމެ ނިންމެވުމެއް ރައީސް ނަންގަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޖެނެރޭޝަނަލް ބޭންއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ބައްލަވަނީ ސިޔާސީ ފައިދާއަށްވުރެ ބޮޑަށް ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށެވެ.

ދުންފަތުން ދުރުހެލިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މިއަދު ތަންފީޒް ކުރަން ފެށި "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ"އަކީ އަދުގެ ޖީލުތަކަށާއި އަންނަން އޮތް އެތަކެއް ޖީލުތަކަށް އޭގެއިން ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC