logoEN
Sto top
ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

11/28/2025, 10:13:23 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަރޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބަންގްލަދޭޝް ޕޮލިސްގެ އިސްވެރިޔާ އިންސްޕެކްޓަރ ޖެނެރަލް ބަހާރުލް އަލަމްއާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށްއުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް މައުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެކި ގައުމުތަކުން އަންނަ މަސައްކަތްތެރިންގެ ފަރާތުން ދިމާވާ ބައެއް ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބަންގްލަދޭޝްގެ ވަފުދާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ގާބިލްކަން އިތުރު ކުރުމަށް ބަންގްލަދޭޝް ޕޮލިސް އެކަޑަމީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ގުދުރަތީ ކާރިސާތަކާއި ކުއްލި ހާލަތުގައި ފުލުހުން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބަންގުލަދޭޝް ފުލުހުންގެ ތަޖުރިބާ ދިވެހި ފުލުހުންނަށް ހިއްސާ ކުރުމާއި، އެދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC