
-
އެކި މައްސަލަތަކުގައި ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

މި ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ނައްތާލައިފައި ވަނީ 269 ފުޅި ބަނގުރަލާއި 85 ދަޅު ބަނގުރަލެވެ.
މި ތަކެއްޗަކީ މި އަހަރުގެ ސެޕްޓެމްބަރ 10 އިން އޮކްޓޯބަރ މަހުގެ 19 ގެ ނިޔަލަށް ގއ.ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ
ގުޅުންހުރި

ވިލިނގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

2.52 ގްރާމްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
.jpg&w=3840&q=75)
އޮޕަރޭޝަން އަލިމަގު: 110 މީހުން ހައްޔަރުކުރި، އެކަމަކު ބަންދުގައި މިހާރު ތިބީ 38 މީހުން!





