logoEN
Sto top
ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސީޕީ ނަވީންއާއި ފުލުހުންގެ އޮފިސަރުންތަކެއް ސަސްޕެންޑްކުރަނީ

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ސީޕީ ނަވީންއާއި ފުލުހުންގެ އޮފިސަރުންތަކެއް ސަސްޕެންޑްކުރަނީ

އަހުމަދު ޝުރާއު

logo

11/26/2025, 4:31:30 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީނާއި ފުލުހުންގެ އިތުރު ހަ އޮފިސަރަކު ސަސްޕެންޑުކުރަން ހުށަޙަޅަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Wamco

އެނގިފައިވާ ގޮތުގައި، މިރޭ ބޭއްވި މާލިއްޔަތު ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި ކޮމިޝަނަރު ނަވީނާއި އިތުރު އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މާލިއްޔަތު ކޮމިޓީން ފާސްކުރީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އާއި އެހެނިހެން ބައެއް ކަންކަމާ ގުޅޭ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތަކަކާ ގުޅިގެންނެވެ.

އެގޮތުން ސަސްޕެންޑް ކުރުމަށް ލަފާދިނުމަށް ނިންމާފައިވަނީ، ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އާއި، އެސިސްޓެންޓް ކޮމިޝަނަރު މޫސާ އަލީ ޢާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު އަބްދުއްރަހްމާން އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރަޝީދު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ބަޝީރު އާއި، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އާއި، ސުޕްރިޓެންޑެންޓް އިސްމާއީލް ޝަމީމް އާދަމެވެ.

ނަމަވެސް މިއީ ސީދާ ކޮން ކަހަލަ މައްސަލަތަކެއްގައި ބަލަމުންދާ މައްސަލައެއް ކަމެއް މާލިއްޔަތު ކޮމެޓީންވެސް އަދި މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ފާސްކުރަން ހުށަހަޅައި ގޮތް ނިންމާނީ މުޅި މަޖިލީހުގައި ނަގާ ވޯޓަކަށް ފަހުގައި އެވެ،

E living
ކޮމެންޓް
E living
ފަހުގެ
HDC