.jpeg&w=3840&q=75)
ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުން ވިޔަފާރި ކުރާނަމަ އެކަން ރިޕޯޓުކުރަން އެދެފި
# އެކޮނޮމިކް މިނިސްޓްރީ-
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދެފި އެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނީ ޤަވާޢިދާ ޙިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށާއި އެދެގޮތަކީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުންއައުން ކަމަށެވެ.
މިއާއިއެކު މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކޮށް އެވުޒާރާއިން ބުނީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 22 ވަނަ ދުވަހު ފާސްކޮށް ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ޝާއިޢުކުރި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން، ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އާންމުކޮށްފައިވާނެ ކަމަށެވެ.
އެ ވުޒާރާއިން ވަނީ އެ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯރޓްކުރުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން އެ ވުޒާރާގެ ހޮޓްލައިން 3333199 ނުވަތަ އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެއެވެ.އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ ބަޔާނުގައި އިތުރަށް ބުނީ އެކަމާ ގުޅިގެން ލިބޭ މަޢުލޫމާތުތައް ދާޚިލީ ވުޒާރާއާއި ދިވެހި ފުލުހުން ގެ އިތުރުން އިމިގްރޭޝަންއާއި ސަރުކާރުގެ ތަންފީޒީ އިދާރާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހެއް ކަމަށްވާ"ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް" މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.
ގުޅުންހުރި

ނ. އަތޮޅު ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ހިންގަން ރަސްމީކޮށް ހުއްދަދީފި
.webp&w=3840&q=75)
ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދިޔަ 11 ވިޔަފާރިއެއް ހުއްޓުވައިފި
.jpeg&w=3840&q=75)




