
އަންނަ އަހަރު ބާއްވާ އިންތިޚާބަށް ހޭލުންތެރި ކުރުވުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ހިންގަނީ
# އިލެކްޝަން ކޮމިޝަން# ޑަބްލިޔުޑީސީ# ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު# އިންތިޚާބުފޮޓޯ: ކޮމިޝަން
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކެއް ހިންގަން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުންނާއި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން ރާއްޖޭގެ 12 އަތޮޅެއްގެ 36 ރަށެއްގައި މި މަހު 28 އިން އަންނަ މަހުގެ 2އަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކު ވެށި ހަރުދަނާކުރުމުގެ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކު ނިޒާމު ހިނގާގޮތާއި، އަސާސްތަކާއި، މަލްޓިޕާޓީ ސިސްޓަމްއާ ގުޅޭ މައުލޫމާތު ދިނުމެވެ. އަދި ރައްޔިތުންނަށް ލިބިދޭ ހައްޤުތަކާއި، ނިޒާމުގައި ހިމެނޭ ފަރާތްތަކުން ނަގަންޖެހޭ ޒިންމާތަކާއި، އިންތިޚާބީ ނިޒާމަށް އާންމުން ހޭލުންތެރިކުރުވުމެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ށ، ނ، ރ، ޅ، އދ، ފ، ތ، ގއ، ގދ، އައްޑު އަތޮޅު، އައްޑޫ ސިޓީ، އަދި ފުވައްމުލަކު ސިޓީގައެވެ. މިގޮތުން މި ޕްރޮގްރާމުގައި ވޯޓުލުމުގެ ހައްޤުލިބިފައިވާ އެކި އުމުރު ފުރައިގެ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ސެޝަންތަކުގެ އިތުރުން ޒުވާނުންނަށް އަމާޒުކޮށްގެން ޚާއްސަކޮށްގެން ޕޮރޮގްރާމުތައް ކުރިއަށްގެންދިޔުމަށްވެސް ވަނި ހަމަޖެހިފައެވެ. މި ޕްރޮގުރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ 24 ފަރާތަކުން ވަނީ ކޮމިޝަނުން ހިންގި ޓްރެއިނިންގ އޮފް ޓްރޭނަރސްގެ ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
ދިވެހިރާއްޖޭގެ ޑިމޮކުރެޓިކު ވެށި ހަރުދަނާކުރުމަށް މިކޮމިޝަނުން ހިންގާ މި ޕްރޮގްރާމުގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ލާރނިންގ ސެންޓަރ (ފުވައްމުލައް ސިޓީ) ބައިވެރިވެއެވެ.
ގުޅުންހުރި

އަންނަ އަހަރު ބާއްވާ އިންތިޚާބަށް ހޭލުންތެރި ކުރުވުމަށް ޚާއްސަ ޕްރޮގްރާމުތަކެއް ހިންގަނީ

އައްޑޫ ވޯޓުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުކޮށްފި: މާލޭގައި ވޯޓުފޮށި ހުންނާނީ ކަލާފާނު ސްކޫލުގައި!

ކައުންސިލް އިންތިހާބަށް އީސީން މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!





