.jpg&w=3840&q=75)
އޮޕަރޭޝަން އަލިމަގު: 110 މީހުން ހައްޔަރުކުރި، އެކަމަކު ބަންދުގައި މިހާރު ތިބީ 38 މީހުން!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ "އަލިމަގު" އޮޕަރޭޝަންގައި 110 މީހުން ހައްޔަރުކުރި ކަމަށާއި ނަމަވެސް މިވަގުތު ބަންދުގައި ތިބީ އެންމެ 38 މީހުން ކަން ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް "އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ހިދުމަތުން ފެށީ މި ހިނގާ ނޮވެމްބަރުމަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން އެއްވަގުތަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށި މި ބޮޑު އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ވަނީ ބައިވެރިވެފައި އެވެ.
މި އޮޕަރޭޝަނަށް 12 ދުވަސްވީ ފަހުން މިއަދު ފުލުހުން ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިި އޮޕަރޭޝަނާއި ގުޅޭ ބައެއް ތަފްސީލްތައް ވަނީ ދީފައި އެވެ. އެގޮތުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވީ މި އޮޕަރޭޝަނުގައި 110 މީހަކު ހައްޔަރުކުރިއިރު މިވަގުތު ބަންދުގައި ތިބީ 38 މީހުން ކަމަށެވެ. އެގޮތުން އެމީހުންނަކީ ޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ މީހުން ކަމުގައި ނާއިފް ވިދާޅުވިއެވެ. އެގޮތުން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު ކޯޓުތަކުން ވަނީ ޖަހައިދީފައި އެވެ.
ނާއިފް އިތުރަށް ވިދާޅުވީ މުޅި އޮޕަރޭޝަންގައި ހައްޔަރުކުރި 110 މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވްވި ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށް މިވަގުތު ބަންދުގައި ތިބި 38 މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައި އެވެ. އެގޮތުން ބަންދުގައި ތިބި މީހުންގެ ތެރެއިން ދެ މީހުންނަކީ އަންހެނުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އޮޕަރޭޝަން އަލިމަގު: 110 މީހުން ހައްޔަރުކުރި، އެކަމަކު ބަންދުގައި މިހާރު ތިބީ 38 މީހުން!

އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ސީޕީ ގޮވާލެއްވީ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް!

އިންޑިއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފި





