
ހުޅުމާލެ ބައު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެގެން ފަރުވާ ދެނީ
# ސްޓެލްކޯ-
ހުޅުމާލެ ބައު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިސަރު ދާދި ދެންމެ އަކު ވިދާޅުވީ ހުޅުމާލޭގެ ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތަކެއް ލިބިގެން މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ނަމަވެސް އަނިޔާލިބުނު މުވައްޒަފަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި މިހާތަނަށް ސްޓެލްކޯއިންވެސް ފުލުހުންވެސް ހާމައެއް ނުކުރެއެވެ.
ހުޅުމާކލެ ބައު އިންޖީނުގެ (އެނެކްސް 1) ގެ މީޑިއަމް ވޮލްޓޭޖް ޕެނަލްއަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދޭން ބޭނުންކުރާ ފީޑަރުތައް އޮފްވެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފައި އެވެ. އެގޮތުން ސްޓެލްކޯއިން ހާމަކުރި ގޮތުގައި މި މައްސަލައާއި ގުޅިގެން މާލެގެ ތިން ފީޑަރާއި ހުޅުމާލޭގެ 4 ފީޑަރެއް ވަނީ އޮފްވެފައި އެވެ.
އެހެން ނަމަވެސް ފީޑަރުތައް އޮންކޮށް މިހާރު ދަނީ ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދެމުންނެވެ. އަދި އަލިފާނުގެ ހާދިސާވެސް ހިނގީ މި މައްސަލަ ހައްލުކުރަނިކޮށެވެ.
ގުޅުންހުރި

ހުޅުމާލެ ބައު އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ސްޓެލްކޯގެ މުވައްޒަފަކަށް އަނިޔާވެގެން ފަރުވާ ދެނީ

އިންޖިނިއަރިންގެ ދާއިރާއިން ރާއްޖެއަށް ބޮޑު އިންގިލާބެއް: ތުލުސްދޫގައި ގާއިމްކުރި ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީ ރަސްމީކޮށް ހުޅުވައިފި

ސްޓެލްކޯއިން ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފަށައިފި





