.jpg&w=3840&q=75)
އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް!
# އެމްއެންޑީއެފް-
ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ފުރައިފިއެވެ.

ސްރީލަންކާ ނޭވީއަށް 75އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނޮވެންބަރު 29ވަނަ ދުވަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ މި ފްލީޓް ރިވިއުގެ ހަރަކާތްތައް ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯއާއި ޓްރިންކޮމަލީގައެވެ.
މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމެއްގެ ނޭވީން ބައިވެރިވާ އިރު، އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، އިންޑޮނޭޝިއާ، އިޓަލީ، ރަޝިއާ ފަދަ ގައުުމުތަކުގެ ކަނޑުގެ އުޅަނދުތަކާއި ވަފުދުތައް ހިމެނެއެވެ.
އިންޓަނޭޝަނަލް ފްލީޓް ރިވިއުއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތައް، ނޮވެންބަރު 27އިން ފެށިގެން 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެ ހަރަކާތްތަކުގެ ތެރޭގައި އޮޕަރޭޝަނަލް ޑެމޮންސްޓްރޭޝަންތަކާއި، ގައުމުތަކުގެ ސަގާފީ ހަރަކާތްތަކާއި އަދި ޕްރޮފެޝަނަލް އިންޓަރެކްޝަންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، އޭގެތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކާއި، ސަގާފީ އަދި އަސްކަރީ ބޭންޑުތަކުގެ ހުށަހެޅުންތަކާއި، ފުޑް ގާލާގެ އިތުރުން ސިޓީ ޕެރޭޑް އަދި ޝިޕްތަކަށް ޒިޔާރަތްކުރުން ފަދަ ހަރަކާތްތައް ކުރިއަށްދާނެއެވެ.
މި ފްލީޓް ރިވިއުގައި ކޮލޮމްބޯއިން ޓްރިންކޮމޮލީއަށް ޝިޕްތަކުން ފަށާ ދަތުރު، ރިވިއުކޮށްދެއްވާނީ ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. މިއީ ސްރީލަންކާއިން ބާއްވާ ތިންވަނަ އިންޓަރނޭޝަނަލް ފްލީޓް ރިވިއުއެވެ. އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން މި ފްލީޓް ރިވިއުގައި ބައިވެރިވުމުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުމެވެ.




.webp&w=3840&q=75)


