logoEN
PNC TOP 3
ރާއްޖޭގެ ހިރިގަލު މިސްކިތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ!

ރާއްޖޭގެ ހިރިގަލު މިސްކިތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް އަންނަ އަހަރު ހުށަހަޅަނީ!

އަހުމަދު ޝުރާއު

logo

11/26/2025, 3:29:38 AM

# ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

-

ދިވެހި ޙަޟާރަތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ހިރިގަލު މިސްކިތައްތައް ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ޓަކައި އަންނަ އަހަރު ހުށަހެޅުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ތައްޔާރުވަމުންދާކަން ހާމަކޮށްފި އެވެ.

PNC MID 2

އެވުޒާރާއިން އިއްޔެ ބުނީ އެވުޒާރާގެ ދާއިރާގައި ހިމެނޭ ދެ މުއްސަސާ ކަމުގައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒު ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި އެ ކަމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއަރ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އިސްތިރާޖީ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަދި މި މަސައްކަތް ކާމިޔާބު ކުރެވިފައެއްނުވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވާ ގޮތުގައި މި ލިސްޓުގައި ހިމެނުމަށް ފުރަތަމަ ހުށަހެޅީ ފަސް މިސްކިތެކެވެ. އެއީ މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބާ ހުކުރު މިސްކިތް، އދ. ފެންފުށި އާސާރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.

މި ފަހަރުގެ މަސައްކަތުގައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ނޮމިނޭޝަން ޑޮޒިއަރ އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފައެވެ. އަދި ބަފަރ ޒޯނު ކަނޑައެޅުމުގެ މަޝްވަރާ ބައްދަލުވުންތަކެއް ވެސް ކައުންސިލްތަކާ އެކު ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ އިތުރަށް ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ހޯދަން ޖެހޭ ބައެއް މަޢުލޫމާތާއި މަސައްކަތުގެ ފަންނީ ހެކިތައް ވަނީ އެއްކޮށްފައެވެ.

މިހާރު މި މަސައްކަތްކުރިޔަށް ގެންދެވެނީ ދިވެހިރާއްޖޭގެ އަސްލުވަންތަކަމާއި ދިވެހީންގެ ރަށްވެހިކަމުގެ ތާރީޚީ ޙަޤީޤަތްތަކުގެ މައްޗަށް ހިރިގަލުގެ ފަންނުވެރިކަން މާނަކުރެވިގެންނެވެ.

އަންނަ ފެބުރުވަރީ މަހުގެ ތެރޭގައި ޑޮޒިއަރ ހުށަހެޅޭވަރަށް މަސައްކަތްކުރިޔަށް ދާ ކަމަށް މި މަސައްކަތްކުރާ ތަރިކައިގެ ދެ މުއައްސަސާއިން ވިދާޅުވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC