
އިންޑިއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރު.އާރު.ޔޫ) ގުޅިގެން ކުރިއަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާންއާއި، އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.
މި މަހު 15 އިން 20 އަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމްގެ މުދައްރިބުންނަކީ އާރު.އާރު.ޔޫގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
މި ޕްރޮގްރާމުގައި ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި މެތަޑޮލޮޖީތަކާއި އޮނިގަނޑުތައް ދަސްކޮށްދީފައިވެއެވެ. އަދި މި ދާއިރާގެ ކޭސް ސްޓަޑީތަކާއި ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތަކާއި ދާއިރާއާ ގުޅުންހުރި އިތުރު ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއިން ބައިވެރިިވިއެވެ.
ގުޅުންހުރި

އިންޑިއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފި

މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ޒުވާނަކު ހައްޔަރަށް!

ވެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި





