
މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ޒުވާނަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ އަންގާރަ ދުވަހު އިރާކޮޅު އެވެ.
މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފަންނު ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ މައްސަލައިގައި ހ. ފޯސީޒަން، އަހުމަދު އާހިލް މުނާޒް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ އުމުރަކީ 19 އަހަރެވެ.
އާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އިތުރު ތަފްސީލެއް ނުދެ އެވެ.
ގުޅުންހުރި

އިންޑިއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފި

މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކު ރަހީނުކުރި މައްސަލައާއި ގުޅިގެން ޒުވާނަކު ހައްޔަރަށް!

ވެލިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފި





