
ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތްފެސިލިޓީއަކަށް ބަދަލުކުރަން އެޗްޑީސީއަށް!
# އެޗްޑީސީ-
ކ. ގުރައިދޫގައި ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތްފެސިލިޓީއަކަށް ބަދަލުކޮށް، މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުއާއި އެކު އެޗްޑީސީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު އެޗްޑީސީގެ މައި އޮފީހުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަބްދުﷲއެވެ.
މި މަޝްރޫއަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި އެޗްޑީސީން ވަނީ ސިފަކޮށްފައި އެވެ.
މި އެއްބަސްވުމުގެ ދަށުން އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ.އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން، 6 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ އިތުރުން މި މަސައްކަތުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސައެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށްވެސް އެކުންފުނީން ބުނެއެވެ.
އެޗްޑީސީން އިތުރަށް ބުނީ މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެ ކަމަށާއި މީގެ އިތުރުން ރީބްރޭންޑިންގ މަޝްރޫޢުގެ ސަބަބުން، މިހާރު ވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
މިފަދަ ގައުމީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އެޗްޑީސީގެ އަބަދުގެ ވެސް އަމާޒެއް ކަމަށާއި އެގޮތުން، މިފަދަ ސިއްހީ އަދި އިޖުތިމާއީ މަޝްރޫއުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެންދާނެކަން އެކުންުފުނީން ހާމަކުރެއެވެ.
ގުޅުންހުރި

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މެންޓަލް ހެލްތްފެސިލިޓީއަކަށް ބަދަލުކުރަން އެޗްޑީސީއަށް!

ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ހޮނިހިރުގެ ނިޔަލަށް ނުނަގައިފި ނަމަ އެޗްޑީސީން އެތަކެތި ނަގަނީ!





