logoEN
Sto top
ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ހޮނިހިރުގެ ނިޔަލަށް ނުނަގައިފި ނަމަ އެޗްޑީސީން އެތަކެތި ނަގަނީ!

ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ހޮނިހިރުގެ ނިޔަލަށް ނުނަގައިފި ނަމަ އެޗްޑީސީން އެތަކެތި ނަގަނީ!

އަހުމަދު ޝުރާއު

logo

11/19/2025, 4:09:07 PM

# އެޗްޑީސީ

--

ހުޅުމާލެ ފޭސް-3 ގެ ހިއްކާ ސަރަހައްދުގައި ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަހު ފުރުސަތު ދީފިއެވެ.

Wamco

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލޭ މާސްޓަރ ޕްލޭނާއި އެއްގޮތަށް، ހުޅުމާލޭ" ފޭސް "3 ހިއްކަންޖެހޭ ސަރަޙައްދުތައް ހިއްކުން އަވަސް. މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް އެކޯޕަރޭޝަނުން ކުރަމުން ގެންދާ ކަމަށާއި ހުޅުމާލެ ފަޅުތެރޭގައި ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަޙައްދުން، ނެގުމަށް އެކިފަހަރުމަތިން ޢާއްމުކޮށް އަންގައި އިޢުލާނުކުރެވިފައިވާ ކަމަށެވެ.

ނަމަވެސް ކުރީން ކުރި އިއުލާނުތަކާއި އެއްގޮތަށް، ހުޅުމާލޭ ފަޅުތެެރޭގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެކިފަހަރުމަތިން، މުއްދަތުތަކެއްދީ 9 ނޮވެމްބަރު 2025 ގައި ޢާއްމުކުރި، ޢިއުލާނުގައި އެ އުޅަނދުފަހަރުތައް ތިލަފުށި ގުޅީފަޅު އަދި ކުޑަގިރިން ކަނޑައަޅާފައިވާ ސަރަޙައްދުތަކުގައި އެޅުމުގެ ފުރުޞަތު ފަހިކޮށް، ދެވިފައިވާ އިރުވެސް ބެލިބެލުމުން ހުޅުމާލެ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ. އުޅަނދުތަކެއް ދެވިފައިވާ މުއްދަތުގައި ނަގާފައިނުވާކަން މިއަދު ނެރުނު އިއުލާނުގައި އެޗްޑީސީން ވަނީ ފާހަގަކޮށްފައި އެވެ.

މިއާއިއެކު އަންނަ ހޮނިހިރު ( 22 ނޮވެމްބަރު ) ގެ 1530 ގެ ކުރިން އެ ސަރަހައްދުން ނެގުމަށް، އެޗްޑީސީން ވަނީ އަންގާފައި އެވެ.އަދި 22 ނޮވެންބަރު 15:30 ގެ ފަހުން ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުން ބިން ހިއްކުމުގެ މަސައްކަތަށް ހުރަަސްއެޅޭގޮތަށް އަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުނަގާ އުޅަނދުތައް، އެ ކޯޕަރޭޝަނުން ނަގާނެކަމުގެ އިންޒާރު އެކުންފުނީން ވަނީ ދީފައި އެވެ.

އަދި މިގޮތަށްް، އުޅަނދު ނެގުމުގެ ތެރޭގައި، އުޅަނދަށް، ލިބޭ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC