
ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި
# އެޗްޑީސީހުޅުމާލެ ފެރީ ޓާމިނަލް - ފޮޓޯ: ޕީއެސްއެމް
ހުޅުމާލޭ ފެރީ ޓާމިނަލުން ކިއޮސްކު ކުއްޔަށް ދޭން އެޗްޑީސީން މިއަދު ހުޅުވައިލައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލްގައި ހުރި ކިއޮސްކު ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށާއި އެއީ 258.33 ސްކޮޔަފީޓުގެ ކިއޮސްކެއް ކަމަށެވެ. އެގޮތުން ފަސް އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ މި ކިއޮސްކްއަށް އެޗްޑީސީން ކަނޑައަޅާފައިވާ އެންމެ ކުޑަ ލީސް ރޭޓަކީ މަހަކަށް 35،000 ރުފިޔާއެވެ.
އެޗްޑީސީގެ އިއުލާނުގައި އިތުރަށް ބުނެފައިވާގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގާތްގަނޑަކަށް 120،123.45 ރުފިޔާގެ އިންވެސްޓްމަންޓް ހަރަދުކުރުމުގެ ގާބިލްކަން ސާބިތުކޮށްދޭން ޖެހެ އެވެ.
މި ކިއޮސްކުކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ 14:00 ގެ ކުރީން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައި އެވެ. އެގޮތުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބާއްވާ ޕްރީ ޕްރޮޕޯސަލް ބައްދަލުވުން މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ނިންމާފައި އެވެ.
އަދި މިކަމާއި ގުޅޭ މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް މިމަހުގެ 25 ވަނަ ދުވަހުގެ 14:00 ގެ ކުރީން މެއިލް ކުރުމަށް އެދިފައިވާއިރު ސުވާލުތަކަށް ޖަވާބުދާރީވެ ޖަވާބުތައް 27 ވަނަ ދުވަހުގެ ވަގުތެއްގައި އެކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށްވެސް މިއަދު ނެރުނު އިއުލާނުގައި ވަނީ ބުނެފައި އެވެ.
ކިއޮސްކް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން 4 ޑިސެމްބަރުގެ 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގައި ހުންނަ އެގްސިބިޝަން ސެންޓަރަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުމަށް ތާވަލުކޮށްފައިވާއިރު ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ އެދުވަހުގެ 14:00 ގައި އެވެ.
ގުޅުންހުރި

ހުޅުމާލޭ ފެރީ ޓާމިނަލްގައި ކިއޮސްކު ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފި

ހުޅުމާލެ ފޭސް-3 ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ހޮނިހިރުގެ ނިޔަލަށް ނުނަގައިފި ނަމަ އެޗްޑީސީން އެތަކެތި ނަގަނީ!

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަނީ





