
-
މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް، ޖަމީލްް އުޘްމާން އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީން ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރ 10718 އޯކިޑްހިޔާ، ޖަމީލު ޢުޘްމާން އައްޔަނުކޮށްފައިވާ ކަމަށެވެ.
ޖަމީލް އުޘްމާން މިވަގުތު ހުންނެވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައިއެވެ. އަދި އޭނާ ވަނީ 18 ވަނަ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން ވެސް އަދާކުރައްވާފައި އެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް ޖަމީލް އުޘްމާން އަމިއްލަ މެމްބަރެއްގެ ގޮތުގައި ވާދަކުރެއްވި އެވެ.
ޖަމީލު ޢުޘްމާނާއެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިބީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ސަހާ ވަހީދާއި، އިބްރާހިމް ސިޔާދު ގާސިމާއި، މުހައްމަދު މިހާދާއި، އިބްރާހިމް މަހުދީ، އަދި މުޖުތަބާ ލަތީފްއެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.
ގުޅުންހުރި

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް، ކުރީގެ މެމްބަރު ޖަމީލްް އުޘްމާން އައްޔަންކޮށްފި

ވީއައިއޭގެ އައު ޓާމިނަލަށް ޖަރުމަނުގެ ކޮންޑޯގެ އޮޕަރޭޝަންތައް!

ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން - ޝަރީފް





