(1).jpg&w=3840&q=75)
-
'މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025' ގެ ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ގައުމީ ކުންފުނި، ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ހަމަޖައްސައިފި އެވެ.

ތިމާވެއްޓާއިބެހޭ ވުޒާރާއިން މިއަދު ބުނީ މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025ގެ އިވެންޓް ޕާޓްނަރެއްގެ ގޮތުގައި ވެމްކޯ ހަމަޖައްސައި އެމަކާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން، 2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 'މޭގެ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް' ގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
ވެމްކޯއަކީ އަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމާއި، ކުނި ނައްތާލުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ދައުރެއް އަދާކުރާ ފަރާތްކަމުން، މި ކޮންފަރެންސަށް އެ ކުންފުނީގެ ބައިވެރިވުން ލިބުމަކީ ކޮންފަރެންސްގެ މަގްސަދުތައް ހާސިލްކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއްގެ ގޮތުގައި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނެއެވެ.
މި ގައުމީ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ކުނީގެ މައްސަލަތަކަށް ހައްލު ހޯދައި، ދެމެހެއްޓެނިވި ގޮތަކަށް ސާފުތާހިރުކަން ކަށަވަރުކުރުމަށް ބޭނުންވާ މައުލޫމާތާއި ހިޔާލު ބަދަލުކުރުމެވެ. ވެމްކޯގެ އެއްބާރުލުން ލިބުމުން، ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހުރި ފުން ތަޖުރިބާ މި ކޮންފަރެންސަށް ލިބި، އިތުރަށް ފުރިހަމަވެގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.
މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025 ބޭއްވުމަށް ނިންމާފައިވަނީ ލ އަތޮޅުގައި އެވެ.






