
-
ތ ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޮވެންބަރު މަހުގެ ތެރޭގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ތ.ވޭމަންޑޫ ގައި ހުޅުވައިދެއްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.
އިއްޔެ ތ. ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި އައުޓްރީޗް ސެންޓަރު ހުޅުވައިދެއްވީ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު ބެލެހެއްޓުމާ ހަވާލުވެހުރި، ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންއެވެ. މިރަސްމިއްޔާތުގައި ތ އަތޮޅު ކައުންސިލްގެ ރައީސް އަބްދުالله ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތ. ވޭމަންޑޫ އައުޓްރީޗް ސެންޓަރ ގައި 2 ކްލާސް ރޫމާއި އޮފީސް ބައެއް ހިމެނެއެވެ.
ގުޅުންހުރި

ވޭމަންޑޫގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހުޅުވައިފި

ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ފަރައި އަރައި ހާލުގައި ޖެހުނު ތިން މީހަކު ސަލާމާތްކޮށްފި

އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ވޭމަންޑޫގައި ފަށައިފި





