logoEN
Sto top
ލައިސެންސު ނެތި ދުއްވި މީހަކާއި މެދު ފުލުހަކު މުއާމަލާތުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރުމުން މައްސަލަ ބަލަނީ

ލައިސެންސު ނެތި ދުއްވި މީހަކާއި މެދު ފުލުހަކު މުއާމަލާތުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރުމުން މައްސަލަ ބަލަނީ

އަހުމަދު ޝުރާއު

logo

6/21/2024, 3:41:12 PM

# ތ ވޭމަންޑޫ

ތ ވޭމަންޑޫ

ލައިސެންސު ނެތި ދުއްވި މީހަކާއި މެދު ފުލުހަކު މުއާމަލާތުކުރި ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރުމުން އެކަން ހިނގިގޮތުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

Wamco

ފުލުހުން މިފަދައިން ބުނެފައިމިވަނީ ތ ވޭމަންޑޫގައި ލައިސެންސު ނެތި ސައިކަލު ދުއްވި އުމުރުން 18 އަހަރުގެ ކުއްޖަކު ފުލުހުން ހިހަފައްޓައި އެކުއްޖާއާއި ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ފުލުހަކު ހުތުރު ގޮތަކަށް މުއާމަލާތްކުރި މައްސަލައެއް މީސް މީޑިއާގައި ފެންމަތިވުމާއި އެކު މިރޭ ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި އެވެ.

އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2024 ޖޫން 12 ވަނަ ދުވަހުގެ ހެނދުނު ތ. ވޭމަންޑޫ ސްކޫލުގައި ކުރިއަށް ދިޔަ ހަރަކާތަކާ ގުޅިގެން އެ ސަރަހައްދަށް ދުއްވާއެއްޗިހި ވަނުން މަނާކޮށް، އެއްގަމު އުޅަނދު ވަނުން މަނާކަން އަންގައިދޭ ބޯޑު ހަރުކޮށް އެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް، ބަންދުކޮށްފައިވާ ސަރަހައްދަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ވަދެ، އަތޮޅު ކައުންސިލް އިދާރާ ކައިރީ ޕާކު ކުރުމަށްފަހު އަތޮޅު ކައުންސިލް އިދާރާއަށް، ސައިކަލު ދުއްވި މީހާ ވަދެފައިވާ ކަމަށާއި އެ މީހާ އަތޮޅު ކައުންސިލް އިދާރާއިން ނުކުމެ ސައިކަލަށް އަރައި ދުއްވާފައިދަނިކޮށް ހުއްޓުވައި ލައިސަންސް އޮތްތޯ ބެލިއިރު ލައިސަންސް ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިއާއި އެކު، ލައިސަންސް ނެތި ދުއްވި މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި މީހާ ޖޫރިމަނާކޮށް ސައިކަލު ވަނީ 15 ދުވަހުގެ މުއްދަތަށް ޓޯވ ކޮށްފައިވާކަންވެސް ފުލުހުން ބުނެއެވެ.

މި މައްސަލާގައި، މުއާމަލާތުކުރުމުގައި ޚިދުމަތްލިބިގަތް ފަރާތުގެ އާއިލާއިން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ މި ޚިދުމަތުން އެ ހާދިސާ އިތުރަށް ބެލުމަށްފަހު އެ ޚިދުމަތުގެ ފަރާތުން ޚިދުމަތް ދިނުމުގައި ރަނގަޅުކުރަން ޖެހޭކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު ފުލުހުން ހުތުރު ބަހުން މުއާމަލާތް ކުރާކަމުގެ ޝަކުވާއަކީ ގިނަ ބަޔަކު ކުރާ ޝަކުވާއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC