logoEN
Sto top
އެކްސަަސައިޒް އެކަތަ-2025 ފަށައިފި

އެކްސަަސައިޒް އެކަތަ-2025 ފަށައިފި

އަހުމަދު ޝުރާއު

logo

11/21/2025, 10:41:12 AM

# އެމްއެންޑީއެފް

-

އެމްްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 8 ވަނަ ސިލްސިލާ، އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި ފަށައިފިއެވެ.

Wamco

ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި މިއަދު މި ތަމްރީނު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނަރަލް މުޙައްމަދު އިބްރާހީމެވެ.

ތިން ހަފުތާގެ މުއްދަތަށް ލ.ކައްދޫގައި، އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގާ މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ބައިވެރިވެއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކުރަމުން ދަނީ ޓެކްޓިކަލް ޑައިވިންގ، ފަޔަރިންގ، ސްލިދަރިން އަދި ބޯޑިން ފަދަ ތަމްރީނުތަކެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒާއި، އެ އޭރިއާ ކޮމާންޑްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC