logoEN
Sto top
ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއިގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ބެލެހެއްޓުމާއިގުޅޭ ޑިޕްލޮމާ ކޯހެއް ފަރުމާކުރަނީ

އަހުމަދު ޝުރާއު

logo

11/19/2025, 4:01:30 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

--

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ހިންގުމުގެ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެމް.އެން.ޔޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ރައްކާތެރިކޮށްފައިވާ ސަރަޙައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބޭނުންވާ މާހިރުން ތަމްރީނުކޮށް، އެފަދަ މަސައްކަތްތަކަށް ދިވެހިން ތައްޔާރުކުރުން ކަމަށެވެ.

މި ޑިޕްލޮމާ ކޯހަކީ، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދީ، އެމީހުންގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ ކޯހެކެވެ. ރައްކާތެރިކޮށްފައިވާ ސަރަޙައްދުތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ޖަނަވާރުތަކާއި ދޫނިސޫފާސޫފި ރައްކާތެރިކުރުމަށްޓަކައި މުހިންމު ރޯލެއް އަދާކުރާ ތަންތަނެވެ. އެހެންކަމުން، މިފަދަ ސަރަޙައްދުތައް އެންމެ ރަނގަޅު ގޮތުގައި ހިންގައި ބެލެހެއްޓުމަކީ ރާއްޖޭގެ ތިމާވެށި ދިރާސާކުރާ އަދި ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން، ކެޓެނޭޓް މަޝްރޫޢުގެ ރަސްމީ ލޯގޯވެސް ވަނީ މި ރަސްމިއްޔާތުގައި ނެރުނުފައެވެ. މި ލޯގޯއަކީ މަޝްރޫޢުގެ މަޤްސަދުތަކާއި، ރާއްޖޭގެ ތިމާވެށީގެ ހިތްގައިމުކަން ރަމްޒުކޮށްދޭނެ ލޯގޯއެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭ ކޯހުގެ ސަބަބުން ރާއްޖޭގެ ފަރުތަކާއި، ވެލިގަނޑުތަކާއި، ގޮނޑުދޮށްތަކާއި، އަދި އެނޫންވެސް ތިމާވެށީގެ ގޮތުން މުހިންމު ސަރަޙައްދުތައް ރައްކާތެރިކުރުމުގައި އިތުރު ކުރިއެރުންތަކެއް ފެންނާނެ ކަމަށް ލަފާކުރެވެއެވެ.

މިއީ ރާއްޖޭގެ ތިމާވެށީގެ ދާއިރާއަށް ދެމެހެއްޓެނިވި ތަރައްޤީއެއް ގެނެސްދޭނެ މަޝްރޫޢެއް ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC