logoEN
Sto top
މިއަހަރުގެ އިމާމުންގެ މަހާސިންތާ ބާއްވައިފި

މިއަހަރުގެ އިމާމުންގެ މަހާސިންތާ ބާއްވައިފި

އަހުމަދު ޝުރާއު

logo

11/19/2025, 9:13:22 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2025 ބާއްވާފައި އެވެ.

Wamco

މި މަހާސިންތާއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ތަނަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއިމ ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭޏުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.

އިއްޔެ ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި މަހާސިންތާ ފައްޓަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި މަހާސިންތާގެ ތެރެއިން މުހިއްމު 6 ސެޝަނެއް ކުރިޔަށް ގެންގޮސްފައި ވެއެވެ. އެގޮތުން ފުރަތަމަ ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގައި އަލިއަޅުއްވާލާފައިވަނީ އުންމަތް ބިނާކުރުމުގައި އިމާމުންގެ ދައުރުގެ މައްޗަށެވެ.

މަހާސިންތާގެ ދެވަނަ ސެޝަންގައި 'އިމާމުންގެ މުހިއްމުކަމާއި ރިވެތި އަޙްލާޤު' މި މަޢުޟޫއުއަށް ވާހަކަފުޅު ދެއްކެވީ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢުދާންއެވެ. އެއަށްފަހު ތިންވަނަ ސެޝަންގައި ސިވިލް ސާވިސް ޤަވާއިދާ ބެހޭ މަޢުލޫމާތު ދީފައިވާއިރު 4 ވަނަ ސެޝަންގައި އިމާމުންނާ ބެހޭ ފިޤުހީ މަޢުލޫމާތު ދެއްވީ އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

އަދި 5 ވަނަ ސެޝަންގައި އިމާމުންނަށް ބޭނުންވާ އިދާރީ އިރުޝާދު ދީފައިވާއިރު މަހާސިންތާގެ އެންމެ ފަހު ސެޝަނުގައި އޮންނާނީ އިމާމުންނާއެކު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް މަޝްވަރާ ކުރައްވާ ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.

މި މަހާސިންތާގައި މާލޭގައި ތިއްބެވި އިމާމުން ހާޒިރުވެގެންބައިވެރިވާއިރު އަތޮޅުތެރޭގައި ތިއްބެވި އިމާމުންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. މިއީ ވީހާވެސް ގިނަ އިމާމުންނަށް މި މުހިއްމު މަަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހަމަޖައްސައިދެވުނު އިންތިޒާމެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC