logoEN
Sto top
ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި

ކައުންސިލަރުންނަށް ހިންގި ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމް 36 ކައުންސިލަރުން ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

11/16/2025, 7:46:44 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

ކައުންސިލަރުންނަށް އަމާޒުކޮށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއށް ގެންދިޔަ ޕްރޮފެޝަނަލް ޚަޠީބް ޕްރޮގުރާމު ފުރިހަމަކުރި ކައުންސިލަރުންނަށް ޚުޠުބާ ކިޔުމުގެ ހުއްދައާއި ކަށުކަމާކެމީގެ ކަންކަން ކުރުމުގެ ހުއްދަ ދެއްވައިފިއެވެ.

Wamco

މިކަމަށްޓަކައި ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ކައުންސިލަރުންނަށް ހުއްދަ އެރުއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މި ޕްރޮގުރާމު ފުރިހަމަކޮށް 36 ކައުންސިލަރުން ވަނީ ހުއްދަ ލިބިގެންފައެވެ.

މި ޕްރޮގުރާމަކީ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުން ލިބުމުގައި އޮތް ދަތިކަން ފިލުވުމަށް ކައުސިލަރުންގެ ތެރެއިން ޤާބިލުކަން ހުރި ފަރާތްތަކަށް ޚުތުބާ ކިއުމުގެ ހުއްދަ ދިނުމަށް ފުރަތަމަ ފަހަރަަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.

މި ޕްރޮގުރާމަށްފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ޕްރޮގުރާމުގެ ބައިވެރިންނަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ، އިދާރީ ގޮތުން ރަށުގެ ކަންކަން ހިންގުމާއެކު، އިމާމުވެ ހުކުރު ކުރުން ފަދަ ދީނީ ކަންކަންކަން ވެސް އިސްވެ ކުރުމުގެ ޤާބިލުކަން ހުރި ލީޑަރުން ރަށުގެ ވެރިންނަށް ތިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި ބޭނުންތެރިކަމެއްކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC