logoEN
Sto top
ނަފުސާނީ ބަލިތަކަށް ކުރާ ހުރިހައި ޚަރަދެއް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރުކުރާނެ - ރައީސް

ނަފުސާނީ ބަލިތަކަށް ކުރާ ހުރިހައި ޚަރަދެއް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރުކުރާނެ - ރައީސް

އަހުމަދު ޝުރާއު

logo

11/17/2025, 5:15:32 PM

# ރައީސް މުއިއްޒު

-

ނަފުސާނީ ބަލިތަކަށް ކުރާ ހުރިހައި ޚަރަދެއް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރުކުރާނެކަަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފި އެވެ.

Wamco

ރައީސް މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި "ރައްޔިތުންނާއިއެކު ކުރިޔަށް - ހަފުތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ޖަލްސާގައިއެވެ.

މިގޮތުން ރައީސް ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށާއި އެކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިގެ ދަށަށް ގެނައުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަޢުދެއް ކަމަށާއި، އެ ވަޢުދު އެކެއް ޖެނުއަރީން ފެށިގެން ޢަމަލީގޮތުން ތަންފީޒުވާނެ ކަމަށެވެ.

މީގެ އިތުރުން، ނަފްސާނީ ފަރުވާއަށް ސަރުކާރުން ކުރިޔަށްގެންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ކ ގުރައިދޫގައި ހުރި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވި ނަމަވެސް މި ސަރުކާރުން އެމަރުކަޒު އިތުރަށް ތަރައްްޤީކުރުމަށް މަޝްރޫއެއް ފަށާފައިވާ ކަމަށެވެ.

އަދި އެ މަޝްރޫއުއަކީ 50 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ރައީސް ހާމަކުރެއްވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC