
ކުރިޔަށްއޮތް ހަ މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭނުގެ ހިދުމަތް، ޓާޝަރީ ހޮސްޕިޓަލުތަކުގައި އެމްއާރްއައިގެ ހިދުމަތް ފެށޭނެ - ރައީސް
# ރައީސް މުއިއްޒު-
ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިތުރު ސަރަހައްދުތަކުގައި ސީޓީ ސްކޭންއާއި އެމްއާރްއައިގެ ހިދުމަތް ފެށިގެންދާނެކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި "ރައްޔިތުންނާއިއެކު ކުރިޔަށް - ހަފުތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ޖަލްސާގައިއެވެ.
އެގޮތުން ރައީސް ވިދާޅުވީ ސިއްހީ ދާއިރާއަށް މާލެއަށް ބަރޯސާވުން ހުއްޓުވުމަށްޓަކައި އަންނަ އަހަރު ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން ސިއްހީ ދާއިރާއިންވެސް ގެންނަން ބޭނުންފުޅުވަނީ ވަށާޖެހޭ ތަރައްޤީތައް ކަމަށެވެ. މިގޮތުން ސީޓީ ސްކޭންގެ ހިދުމަތް ރާއްޖެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި އިތުރު 15 ރަށެއްގައި އެހިދުމަތް ފެށިގެންދާނެކަން ރައީސް ހާމަކުރެއްވި އެވެ.
މީގެ އިތުރުން އެމްއާރްއައިގެ ހިދުމަތް ވެސް ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޓާޝަރީ ފެންވަރަށް ތަރައްޤީކުރަން ސަރުކާރުން ކަނޑައަޅާފައިވާ ހުރިހާ ހޮސްޕިޓަލެއްގައި ފެށިގެންދާނެ ކަންވެސް ރައީސް ވަނީ މިރޭ އިއުލާނުކުރައްވާފައި އެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

އިހްސާން ރައީސަށް ދެންނެވީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ނެތް ކަމަށް!

ނަފުސާނީ ބަލިތަކަށް ކުރާ ހުރިހައި ޚަރަދެއް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރުކުރާނެ - ރައީސް





