-
ބަލިމީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަންނަ އަހަރު އިތުރު ސީ އެމްބިއުލާންސް ތަކެއް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފި އެވެ.

ރައީސް މިކަން އިއުލާނުކުރެއްވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި "ރައްޔިތުންނާއިއެކު ކުރިޔަށް - ހަފުތާ 104" ނަމުގައި ސޯޝަލް ސެންޓަރުގައި ކުރިޔަށްދާ ޖަލްސާގައިއެވެ.
ރައީސް ވިދާޅުވީ ސަރުކާރާއި ހަވާލުވިއިރު ރާއްޖޭގެ ސީ އެމްބިއުލާންސްގެ ހިދުމަތް އޮތީ ވަރަށް ދަށް ފެންވަރެއްގައި ކަމަށާއި އެހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ފާއިތުވި ދުވަސްތަކުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން އަންނަ ޖެނުއަރީ މަހު އިތުރު 10 ސީ އެމްބިއުލާންސް ހިދުމަތަށް ނެރެވިގެންދާނެ ކަމަށާއި މިއާއިއެކު އިތުރު 7 ރަށެއްގައި މި ހިދުމަތް ފެށިގެންދާނެ ކަމަށެވެ.
އެގޮތުން ހިދުމަތް ފެށިގެންދާނެ ސީދާ ރަށްތަކަކީ ކޮބައިކަން އެމަނިކުފާނު ހާމަނުކުރެއްވި ނަމަވެސް ރައީސް ވިދާޅުވީ މި ހިދުމަތް އެންމެ ފުރަތަމަ ފެށިގެންދާނީ އެމިނިކުފާނު ސީ އެމްބިއުލާންސްގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ވައުދުވި ރަށްތަކުގައި ކަމަށެވެ. އަދި އެޔަށްފަހު އަންނަ އަހަރުވެސް އިތުރު ރަށްތަކަށް މި ހިދުމަތް ފުޅާކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ނިޔަލަށް 32 ސީ އެމްބިއުލާންސް ސްޓޭޝަން ގާއިމްކުރުމަށް ނިންމާފައިވާކަންވެސް ސަރުކާރުން މިރޭ ވަނީ ހާމަކޮށްފައި އެވެ.
ގުޅުންހުރި

އިހްސާން ރައީސަށް ދެންނެވީ ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް މިހާރު ނެތް ކަމަށް!

ނަފުސާނީ ބަލިތަކަށް ކުރާ ހުރިހައި ޚަރަދެއް އަންނަ ޖެނުއަރީން ފެށިގެން އާސަންދައިން ކަވަރުކުރާނެ - ރައީސް





