
-
އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދީފިއެވެ.

މިކަން މިރޭ ހާމަކުރެއްވީ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޝަހީމް ވިދާޅުވީ އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުން ދިން މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މި މައްސަލަ ބަލައި ތަޙްޤީޤުކޮށް، ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތް ފަށާފައިވާ ކަމަށެވެ.
ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުންދީފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މަސްޖިދުލް ޢުމަރުލް ފާރޫގު މިސްކިތަށެވެ.
ސޯޝަލްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން، އެ މިސްކިތުގެ ތެރޭގައި ގޮނޑިތައް އުކާފައި ހުރި މަންޒަރު ފެނެއެވެ. އަދި، ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ ތަން ވެސް ފެނެއެވެ.
މި މައްސަލާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށާއި މިސްކިތަށް ގެއްލުންދީފައިވާ މައްސަލަ މިއަދު ހަވީރު 17:40 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

އަންނަ އަހަރުން ފެށިގެން، ހުރިހާ ހައްޖުވެރިންގެ ހަދުޔާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީގެ ހައްޖު މިނިސްޓްރީގެ ސީދާ ބެލުމުގެ ދަށުން!

ރާއްޖެއަށް ހައްޖު ކޯޓާ އިތުރުކުރުމަށް މަޝްވަރާކޮށްފި

އައްޑޫ ސިޓީގެ މިސްކިތަކަށް ގެއްލުންދީފި





