
ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލްއަކާއި ގުޅިގެން ހުވަދު އަތޮޅުގައި ބޮޑު އޮަޕަރޭޝަނެއް: މިހާތަނަށް 16 މީހަކު ހައްޔަރުގައި!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހު ހުވަދު އަތޮޅުގައި ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ރޭ ވިދާޅުވީ ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ސައުތު ޕޮލިސް މި މަހުގެ 2 އިން 13 އަށް ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނަކާއި ގދ. ވާދޫއިން ހައްޔަރުކުރި 5 ފިރިހެނުންގެ އިތުރުން މާލެއިން ހައްޔަރުކުރި 3 ފިރިހެނުން ކަމަށެވެ.
އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން 2 ކާރާއި 5 ސައިކަލް ބަލައިފާސްކޮށްފައިވެއެވެ. އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވެއެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވެއެވެ. މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގުޅުންހުރި

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލްއަކާއި ގުޅިގެން ހުވަދު އަތޮޅުގައި ބޮޑު އޮަޕަރޭޝަނެއް: މިހާތަނަށް 16 މީހަކު ހައްޔަރުގައި!

ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި





