logoEN
WAMCO TOP 1
ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކޮށްފި

ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކޮށްފި

# ދިވެހި ފުލުހުންގެ ޙިދުމަތް

ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ތެރެއިން- ފޮޓޯ- ފުލުހުން

ހިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އާކުރުމުގެ ގޮތުން “ޕޮލިސް މެމޯރިއަލް ޑޭ” ފާހަގަކޮށްފި އެވެ.

THE TRAVELLER AD

މި ދުވަސް ފާހަގަކުރުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނ ާ އޮފް ޕޮލިސް އަހްމަދު މުހައްމަދު އާއި ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި އިސްކަންދަރު ކޮށި ބޭރުގައި ގާއިމްކޮށްފައިވާ މެމޯރިއަލް ވޯލްގައި ގާޑަ މައުންޓްކުރުމަށްފަހު ޑިއުޓީ އަދާކުރަމުން ދަނިކޮށް މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާ ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައިވާއިރު، ދުވަހާ ގުޅުވައިގެން ހާއްސަ ދުއާއެއްވެސް ކޮށްފައިވެ އެވެ.

undefinedފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ތެރެއިން- ފޮޓޯ:ފުލުހުން

ޖޫން 2023 ވަނަ އަހަރުގެ 16 ވަނަ ދުވަހު ފާސްކުރި ހާއްސަ އޯޑަރެއްގެ ދަށުން މކ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.

މި ދުވަސް ފާހަގަކުރާ ސަބަބަކީ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގެ ސަބަބުން މި ދުނިޔެއާ ވަކިވެދާ، ދިވެހޖ ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ހަނދާން އާކޮށް، އެ ފުލުހުން ގައުމަށްޓަކައިވެފައިވާ ޤުރުބާނީ އާއި ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި ދުވަސް އެންމެ ފުރަތަމަ ފާހަކުރަންފެށީ ފުލުހުންގެ ޝަރަފުވެރި ޔުނިފޯމުގައި ރަސްމީ ޑިއުޓީގައި އޭނާގެ އުފަންރަށުގައި ހުންނަވަނިކޮށް ދިން ނުރައްކާތެރި ހަމަލާއެއްގައި 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ދުނިޔެ ދޫކުރެއްވި، ޝަހީދު ޕޮލިސް ސާޖަންޓް އާދަމް ޙަލީމުގެ ހަނދާނުގަ އެވެ.

މި ދުވަހާ ގުޅުވައިގެން ފާހަގަކުރާގޮތަށް ހަމަޖެއްސެވީ އާދަމް ޙަލީމް ޝަހީދުވި ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި، ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށްވާތީއެވެ.

ކޮމެންޓް
ފަހުގެ
HDC