logoEN
WAMCO TOP 1
ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު ފަށައިފި

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު ފަށައިފި

އަހުމަދު ޝުރާއު

logo

7/22/2026, 3:21:52 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ސްޕެޝަލް ކޮންސްޓަބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 9 ވަނަ ބުރު އައްޑޫ ސިޓީގައި ފަށައިފިއެވެ.

THE TRAVELLER AD

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މި މަހު 21 ވަނަ ދުވަހު ފެށި މި ކޯސް ޝަރަފްވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ހެޑް އޮފް ރަޖިސްޓްރޭޝަން އެންޑް ސްޓޫޑަންޓް ސާވިސަސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަޙްމަދު ރަޝީދު އެވެ.

މި ކޯހުގެ މައިގަނޑު މަގްސަދަކީ ސްޕެޝަލް ކޮންސްޓަބިއުލަރީގެ މަސައްކަތްތަކަށް އަލަށް ގުޅޭ މުވައްޒަފުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ތަރުބިއްޔަތު ދީ، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އެ ފުލުހުން ތައްޔާރުކުރުމެވެ.

ކޯހުގެ މުއްދަތުގައި ދަރިވަރުންނަށް އިންޑޯރ އަދި އައުޓްޑޯރ މާއްދާތައް ހިމެނޭހެން ޖުމްލަ 06 މޮޑިއުލްއެއް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މޮޑިއުލްތަކުގެ ތެރޭގައި ވަޒީފާގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނުތަކާއި، މުހިންމު ހުނަރުތަކާއި، އިލްމު އަދި މުއާމަލާތު ކުރުމުގެ ހުނަރުތައް އުނގަންނައިދެވޭނެއެވެ. އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ޑްރިލްއާއި، ބާރުގެ ބޭނުންކުރުމާއި، ދިފާއީ އުކުޅުތަކާއި، ފުރަތަމަ އެހީއާއި، އަލިފާން ނިއްވުމުގެ އަސާސީ ހުނަރުތަކުގެ އިތުރުން ގާނޫނާއި ގަވާއިދުތަކާއި މުއާމަލާތުކުރުމުގެ ހުނަރުތަކާއި، މަސައްކަތުގެ އަހުލާގާއި ފުލުހުންގެ މަސައްކަތްތައް އަދި ސެކިއުރިޓީއާ ގުޅޭ ތަފާތު ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ތަމްރީނު ކޯހުގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ 16 ފިރިހެން ދަރިވަރުންނާއި 06 އަންހެން ދަރިވަރުންނެވެ.

ކޮމެންޓް
ފަހުގެ
HDC