
ބަނގުރާ ބޭނުންކޮށްގެން ހުރެ ދަރިއަށް ޖިންސީ އަނިޔާކުރި މަންމައަކު ހައްޔަރަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ބަނގުރާ ބޭނުންކޮށްގެން ހުރެ ދަރިއަށް ޖިންސީ އަނިޔާކުރި މަންމައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެ ސަރަހައްދުގައު ކުޑަ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނި އަނިޔާ ދިނުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެކުއްޖާއަށް ޖިއްނސީ އަނިޔާދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓްއިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ތުހުމަތުކުރެވޭ 50 އަހަރުގެ މަންމަ އިއްޔެގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ހައްޔަރުކުރި 50 އަހަރުގެ އަންހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގުޅުންހުރި

ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި
.png&w=3840&q=75)
ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެ އެތެރެކުރި ބޭރު ޖަމައިކާ މީހަކާއި ދެ ދިވެހިން ފުލުހުންގެ ހައްޔަރަށް!

ޕޮލިސް މެމޯރިއަލް ދުވަސް ފާހަގަކޮށްފި




