logoEN
Sto top
އެމެރިކާއިން ރާއްޖެއަށް އަސްކަރީ އެހީތަކެއް!

އެމެރިކާއިން ރާއްޖެއަށް އަސްކަރީ އެހީތަކެއް!

އަހުމަދު ޝުރާއު

logo

11/10/2025, 5:56:14 PM

# އެމްއެންޑީއެފް

-

އެމެރިކާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ރިބާއި، ރިބް ޝެލްޓަރާއި ރޭމްޕު ހަދިޔާކޮށްފިއެވެ.

Wamco

އެކަމަށް ޓަކައި މިއަދު ކަލާސީނުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. މި ތަކެއްޗާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވެލެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މި ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އެމެރިކާއިން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް ދިވެހި ސިފައިންގެ ކެޕޭސިޓީ ބިލްޑްކޮށް، ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ތަކެއްޗަކީ އެމެރިކާގެ ފޮރިން މިލިޓަރީ ފަންޑް (އެފްއެމްއެފް)އާއި ބިލްޑިންގ ޕާޓްނަރޝިޕް ކެޕޭސިޓީ (ބީޕީސީ) ޕްރޮގްރާމްގެ ދަށުން އެމެރިކާއިން ދޭ ގްރާންޓް އެހީއެކެވެ.

އެމެރިކާއިން ދިވެހި އަސްކަރިއްޔާއަށް މިއަދު ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ، 4 ރިބާއި، ރިބް ޝެލްޓަރެއްގެ އިތުރުން 2 ރޭމްޕެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC