
ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރާއިއެކު މަޝްވަރާކޮށްފި
# ހާރިޖީ ވުޒާރާ-
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ހިޒް އެކަސަލަންސީ ކިންޖަރަޕޫ ރާމް މޯހަން ނައިޑު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްއާ މިއަދު ބައްދަލުކުރައްވާފިއެވެ.

ފޮރިން މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި އިންޑިއާ ގެ ސިވިލް އޭވިއޭޝަންއަށް، މިނިސްޓަރ ޑރ. ހަލީލް މަރުޚަބާ ދަންނަވާ، ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަބްދުﷲ ހަމީދު، ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޟަތު އަޒީމާ، ޖޮއިން ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އަދި ޑިރެކްޓަރ އާއިޝަތު ޝަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން، ހިޒް އެކަސަލަންސީ ކިންޖަރަޕޫ ރާމް މޯހަން ނައިޑު ރާއްޖެ ވަޑައިގެންނެވީ މިރޭ ހުޅުވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ތަރައްޤީކުރި އެއާޕޯޓެކެވެ.
ގުޅުންހުރި

ކަނޑުތަކާ ގުޅޭ މިންގަނޑުތައް ކަނޑައަޅައި ހިންގުމުގައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ ޚާއްސަ އެހީތެރިކަން އިތުރުކުރަން ގޮވާލައިފި

ދިވެހި ސަފީރުންނާއި ހެޑްސް އޮފް މިޝަންއާ ޚާރިޖީ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައިފި

އެސްކެޕްގެ 82 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ




