logoEN
Sto top
ހަނިމާދޫ އެއާޕޯޓުގެ ހުޅުވުމުގެ ރަސްމިއްޔާތައް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ހަނިމާދޫ އެއާޕޯޓުގެ ހުޅުވުމުގެ ރަސްމިއްޔާތައް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އަހުމަދު ޝުރާއު

logo

11/9/2025, 8:01:00 AM

# ރާއްޖެ-އިންޑިއާ

-

އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ތަރައްޤީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއް ރާއްޖެ ވަޑައިގަންނަވައިފި އެވެ.

Wamco

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު މޯދީގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވީ އިންޑީއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ އެވެ.

މިނިސްޓަރު ނައިޑޫ ރާއްޖެ ވަޑައިގެންނެވީ އިންޑިއާ ސަރުކާރުގެ ޖެޓެއްގައި މިއަދު ހެނދުނުއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ނައިޑޫއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޚަލީލް އެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް ނައިޑޫ ހަނިމާދޫޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއިއެކު ހަނިމާދޫ އެއާޕޯޓު ހުޅުވުވުން ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރުގެ ވަފުދެއް މިރޭ ހަނިމާދޫއަށް ދިޔުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ. ހަނިމާދޫ އެއާޕޯޓު ހުޅުވުމަށްޓަކައި މިރޭ ފުރަތަމަ ފަހަރަށް އެ އެއާޕޯޓަށް އޭ320 މަރުކާގެ މަތިންދާބޯޓެއް ޖެއްސުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މިރޭގެ ރަސްމިއްޔާތަށް އެރަށުގައި ހަވާ އެރުވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.

އިންޑިއާގެ ލޯނު އެހީގައި ތަރައްޤީކޮށް މިދިޔަ މަހު ނުރަސްމީކޮށް ބޭނުންކުރަންފެށި ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތެއްގެ އިތުރުން ފިއުލް ފާމެއްވަނީ ތަރައްޤީކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC