logoEN
Sto top
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ އުޅެނިކޮށް ޑްރޯން އިން ހޯދައި އަތުލައިގަތް ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި!

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަގަށް ވަދެ އުޅެނިކޮށް ޑްރޯން އިން ހޯދައި އަތުލައިގަތް ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި!

އަހުމަދު ޝުރާއު

logo

11/8/2025, 4:19:10 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ޑްރޯން އިން ހޯދައި އަތުލައިގަތް ލަންކާގެ ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރިކަން އެނގިއްޖެ އެވެ.

Wamco

އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާކަން ހާމަކުރީ އިއްޔެ އެވެ.

އެގޮތުން މިއީ ލަންކާގެ މަސްބޯޓެއް ކަމަށާއި މި ބޯޓު އަތުލައިގަތް އިރު ބޯޓުގައި 300 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހުރި ކަމަށް ލަންކާގެ ނޫހެއް ކަމަށްވާ ނިއުސް ވަޔާއިން މިރޭ ވަނީ ރިޕޯޓުކޮށްފަ އެވެ. މިކަން ރާއްޖޭގެ ބައެއް ނޫސްތަކަށް ދިވެހި ފުލުހުންގެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައި އެވެ.

މިކަމާއި ގުޅޭ އިތުރު ތަފްސީލް އަދި މިހާތަނަށް ދިވެހި ފުލުހުންވެސް އަދި ސިފައިންވެސް ހާމަކޮށްފައިނުވެއެވެ.

ނަމަވެސް ލަންކާގެ ނިއުސްވަޔާ ނޫހުން ރިޕޯޓުކުރާ ގޮތުގައި ރާއްޖޭގެ ކަމާއިބެހޭ އިދާރާތަކުން އިއްޔެ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެން ލަންކާގެ މަސްބޯޓުގައި ހުރީ 300 ކިލޯގެ ހެރޮއިން އާއި ކްރިސްޓަލް މެތަމްފެޓަމިން ( އާންމު ނަމުންނަމަ އައިސް ) އެވެ. އަދި މި ބޯޓު ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާއިން އަތުލައިގަތީ ލަންކާ އަސްކަރިއްޔާއިން އިން އިންޓެލިޖެންސް މައުލޫމާތަކަށް ރިޔާއަތްކުރުމަށްފަހުގައި ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ އިތުރުން މި ބޯޓުގައި ތިބި ލަންކާ 6 މީހަކު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަންވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.

ލަންކާގެ އިދާރާތަކުން ބުނާގޮތުގައި މި ބޯޓަކީވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ބަރުކޮށްގެން ދަތުރުކުރަނިކޮށް ލަންކާގެ ކަނޑުގެ އަސްކަރިއްޔާއިން މިދިޔަ ހަފްތާގައި އަތުލައިގަތް މަސްބޯޓުތަކާއި ގުޅުންހުރި ބޯޓެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC