logoEN
Sto top
ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ފަހިރޯޅި ބޯޓު ފަރަށް އަރައިފި : ބޮޑުބައި މިހާރު އޮތީ އަޑީގައި!

ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ ފަހިރޯޅި ބޯޓު ފަރަށް އަރައިފި : ބޮޑުބައި މިހާރު އޮތީ އަޑީގައި!

އަހުމަދު ޝުރާއު

logo

11/8/2025, 7:20:18 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ގދ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ފަރަށް އަރައިފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލެއިން މުދާ ބަރުކޮށްގެން ގދ ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު ، ވ ފެލިދޫ ކައިރި ފަރަކަށް އަރާފައިވާ ކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން ބޯޓުގައި އެވަގުތު 6 ދަތުރުވެރިންނާއި ބޯޓުގެ ކެޕްޓަނާއި ވެރިފަރާތް އަދި ފަޅުވެރިން ހިމެނޭހެން ޖުމުލަ 12 މީހުން ތިބި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 9 ބިދޭސީންނާއި 3 ދިވެހީންނެވެ.

މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ ބޯޓު ފަރަށް އަރައި ބޯޓުގެ މާއްޔާ ފަޅައިގެންގޮސް ދިޔަވެ ބޯޓުގެ ބޮޑުބައި މިހާރު އޮތީ ފެނު އަޑީގައި ކަމަށެެ.

އަދި މި ހާދިސާ ހިނގި ގޮތް ފުލުހުން އިތުރަށް ބަލަމުންދާކަންވެސް ވަނީ ހާމަކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC